-Advertisement-

-Advertisement-

ސަރުކާރުގެ ހަ ކުންފުންޏެއް އެއްކޮށްލުމަށް މަޝްވަރާކުރަނީ

ރައީސް ޑރ މުހައްމަދު މުއިއްޒު؛ ފޮޓޯ/ރައީސް އޮފީސް

ސަރުކާރުގެ އިތުރު ހަ ކުންފުންޏެއް އެއްކޮށްލަން މަޝްވަރާކުރަން ނިންމައިފިއެވެ. ވަޒީރުންގެ މަޖިލިހުގެ ޖަލްސާއަށް ވަޑައިގެންނެވުމުގެ ކުރިން ދެއްވި ވީޑިއޯ އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ސަރުކާރު ކުންފުނިތައް ރިފޯމްކުރުމު ކުރިއަށް ގެންދާނެ މުހިއްމު މަސައްކަތްތަކަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެއްކޮށްލުމަށް މަޝްވަރާކުރުމަށް ނިންމާފައިވާ ކުންފުނިތައް:

  • ރީޖަނަލް އެއާޕޯޓް ކޮމްޕެނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކުރަން މަޝްވަރާކުރުން
  • ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އެއްކުރަން މަޝްވަރާކުރުން
  • މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)އާ އެއްކުރަން މަޝްވަރާކުރުން

މިދިޔަ ހަފުތާގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަން ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމައިފައެވެ.

ދައުލަތަށް ބުރައަކަށް ވާގޮތަށް ހިންގަމުން އައި ސަރުކާރުގެ ބައެއް ކުންފުނިތައް ބޮޑެތި ކުންފުނިތަކުގެ ދަށަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-