-Advertisement-

-Advertisement-

މުޅި ރާއްޖޭގައި ބޯހިޔާވެހިކަން ކުރިއަށް ގެންދާނީ އެފްޑީސީން

ފޮޓޯ: ރައީސް އޮފީސް

ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ބަދަލުކޮށް މުޅި ރާއްޖޭގައި އެފްޑީސީން ބޯހިޔާވަހިކަން ކުރިއަށް ގެންދާނީ އެޗްޑީސީ ގެ ދަށުން ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ހައިދަރް ވިދާޅުވީ އެފްޑީސީ އިން މުޅި ރާއްޖޭގައި އަސާސީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށް ހިންގަން ސަރުކާރުން ނިންމާފައި ވަނީ އެޗްޑީސީގެ ދަށުން ކަމަށެވެ.

“އެޗްޑީސީއަކީ މާސްޓަރ ޑެވެލޮޕާއެއްގެ ގޮތަށް މިވަގުތު މަސައްކަތް ކުރަނީ ހުޅުމާލެ އާއި ގުޅިފަޅާއި، ގިރާވަރު ފަޅު، ފުށިދިއްގަރުފަޅުގައިވެސް މާސްޓަރ ޑެވެލޮޕާއެއްގެ ގޮތަށް މިވަގުތު އެސައިންކޮށްފައި މި އޮތީ އެޗްޑީސީން، އެޗްޑީސީން މީގެ ފަހުން އެފްޑީސީގެ ސަބްސިޑަރީއަކަށްވުމަށްފަހު ސޯޝަލް ހައުސިންގެ މަސައްކަތް ކުރާނީ އެޗްޑީސީން، އެހެން ނަމަވެސް އެފްޑީސީގެ ސަބްސިޑަރީއެއްގެ ގޮތުގައި އޮވެ،”. ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މިނިންމުމާއިއެކު، ސަރުކާރުން ތަރައްގީ ކުރަން މަސައްކަތް ކުރަމުންދާ އާބަން ސެންޓަރުތަކުގެ ޑެވެލޮޕާއަކަށް އެޗްޑީސީ ވާގެންދާނެ ކަމަށެވެ.

“އެއިރުން އެފްޑީސީން މަސައްކަތްތަކީ ހަމައެކަނި ހުޅުމާލެ އަކު ނޫން، މުޅި ރާއްޖޭގައިވެސް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެންމެ ބޮޑު ރޯލެއް ކުޅޭނެ ކުންފުންޏަކަށް ވެގެން ދާނެ،”. އޭނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-