-Advertisement-

-Advertisement-

ބިދޭސީ މަސައްކަތްތެރިން ގެނައުމާ ގުޅޭގޮތުން ޤާނޫނަށް ގެނައި އިސްލާހު، ރައީސް ތަސްދީގުކުރައްވައިފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މަސައްކަތްތެރިންގެ ގޮތުގައި ބިދޭސީން ގެނެވޭ އަދަދު ކަނޑައެޅުމުގެ ބާރު އެއިރެއްގައި ސަރުކާރުން އެ ޒިންމާއެއް ހަވާލުކޮށްފައިވާ ވުޒާރާއަކަށް ލިބޭގޮތަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)އަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ.  މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނެވުނު 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އޯގަސްޓު މަހުގެ 19 ވަނަ ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.

މީގެ ކުރިން ވަޒީފާއާ ބެހޭ ޤާނޫނު ބަޔާން ކުރާ ގޮތުން ނަމަ މަސައްކަތްތެރިންގެ ގޮތުގައި އެއް ޤައުމަކުން އެންމެ ގިނަވެގެން ގެނެވޭނީ 1 ލައްކަ މީހުންނެވެ. ނަމަވެސް އައު އިސްލާހު ބަޔާންކުރާ ގޮތުން ނަމަ ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދަކުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-