-Advertisement-

-Advertisement-

ހުޅުމާޅެ އެކްސިޑެންޓްގައި އެކަކު މިނިވަން ކުރުމަށް ހައިކޯޓުން އަމުރުކޮށްފި

ހުޅުމާލޭގައި އެކްސިޑެންޓްވި ސަރަހައްދު

ބާރު ސްޕީޑްގައި ދިޔަ ރޭސް ކާރަކުން ހުޅުމާލޭ ފޭސް 2 ގައި ވިނަރެސް ފްލެޓް ކައިރީގައި ޕާކުކޮށްފައިވާ އިން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އެކަކު މިނިވަން ކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ޖުލައި 31 ވަނަ ދުވަހުގެ އެކްސިޑެންޓާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އިކްރާމުއްރަހްމާން (ހ. ނޫރަންމާގެއާގެ)، އިބްރާހީމް އިކްރާމް (މ. ލޭންޑް އޮފް ގާޑަން)، ޖިނާހް އިސްމާއީލް (ގއ. ކަނޑުހުޅުދޫ، އާޒާދުގެ) އެވެ.

މިމައްސަލަ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ކާރުދުއްވަން އިން މީހާ އިކްރާމުއްރަހްމާން ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން އިބްރާހިމް އިކްރާމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ އިރު، އިސްމާޢީލް ޖިނާހުގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

އެހެންނަމަވެސް ހައި ކޯޓުން ވަނީ މިއަދު މ. ލޭންޑް އޮފް ގާޑަން އިބްރާހީމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކުރީ އެކަން ކުރަން އޮންނަ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާގައި އެކްސިޑެންޓްވާން މެދުވެރިވީ ބާރު ސްޕީޑްގައި ކާރު ދުއްވާފައި ދިއުމުގެ ސަބަބުން ކޮންޓްރޯލް ނުވެގެންނެވެ. މިމަންޒަރު ސީސީޓީވީ ގައި ރެކޯޑްވެފައިވާއިރު، ސީސީޓީވީ ފުޓޭޖުތަކުން ކާރު ކޮންޓްރޯލް ނުވެ ވިނަރެސް ފްލެޓް ކުރިމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި، ސައިކަލު މަތީގައި އިންނަ މީހާ ވިއްސައިގެން ދާތަން ފެނިގެން ދެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ސައިކަލުގައި އިން މިހާގެ އޭނާގެ ކަނދުރާގައި ރެނދުލާފައި ހުރި ކަމަށާއި، ބެކްބޯންގައި ވެސް ވަނީ ރެނދުލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-