-Advertisement-

-Advertisement-

އަންހެނަކު ރަހީނުކުރި އަތުހަރު ދަންޖެހުނު މައްސަލަ ތަހުގީގު ކުރަން ފަށައިފި

ފޮޓޯ: ސޯޝަލްމީޑިއާ

މާލޭގައި އަންހެނަކު ރަހީނު ކޮށް ވަޅިން ބިރުދެއްކި މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ އާދަމް އަތުހަރު 32އ. ދަންޖެހުނު މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

މިރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ގޮޅީގެ ތެރޭގައި ދަންޖެހިފައި ވަނިކޮށް ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވެފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، ދިރި ހުރި ކަމަށާއި އޭނާއަށް މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

ޝިފާން އިތުރަށް ވިދާޅުވީ މިމައްސަލަ މިހާރު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ، އަތުހަރު ވަނީ ގޭގެ ކުލީގެ މައްސަލައެއްގައި އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް އޭނާއަށް އަނިޔާކޮށްފައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން އޭނާ ހުއްޓުވަން މަސައްކަތް ކުރުމުން އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އެތަނުން ފިލަން އުޅުމުން ފުލުހުން ވަނީ އޭނާގެ ފަހަތުން އައިސް މުގުރު ބުރިއަކުން ޖަހައި އަންހެން މީހާ ސަލާމަތްކޮށް އޭނާ ހައްޔަރުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-