-Advertisement-

-Advertisement-

ހުޅުމާލެ ކާރު އެކްސިޑެންޓު: ހައިކޯޓުން މިނިވަންކުރި މީހާ އަލުން ހައްޔަރު ކުރަނީ

ފޮޓޯ: ދިވެހި ފުލުހުންގެ އިދާރާ

ހުޅުމާލޭގެ ފޭސް 2 ގައި ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް އިކުރާމް އަލުން ހައްޔަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.

މިމައްސަލާއިގައި ތުހުމަތު ކުރެވޭ އިކްރާމް އޭނާގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ޙުކުމްކޮށްފައި ވަނީ ކްރިމިނަލް ކޯޓުން އޭނާ ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ނެރެފައި ވަނީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އާއި 53 ވަނަ މާއްދާގެ (ހ) ގެ ދަށުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްޤު ތަންފީޒު ކުރުމަށް މުއްތަހަމް އެދިފައި ވަނިކޮށް އެހައްޤު މުއްތަހަމްއަށް ލިބިފައި ނުވާތީވެ އެއަމުރު ބާޠިލު ކުރުމަށެވެ.

ހައިކޯޓުން މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން އޭނާ މިނިވަން ކުރުމަށް ޙުކުމްކޮށްފައިވާއިރު، މިނިންމުމާއި ގުޅިގެން އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ހިނގި ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

“ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކުރުމަށް ފުލުހުން ވަނީ މަސައްކަތް ކުރަމުން،” އޭނާ ވިދާޅުވިއެވެ.

މިމައްސަލާއިގައި ކާރުގައި ތިބި ތިން މީހުން ހައްޔަރު ކުރުމުން ދަށު ކޯޓުން ވަނީ ކާރު ދުއްވަން އިން އިކްރާމުއްރަޙްމާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި ކާރުގައި ދެން އިން ޖިނާޙް އިސްމާއިލްގެ ބަންދަށް 15 ދުވަސް ޖެހުމަށް ހުޅުމާލޭ ކޯޓުން އޭރު ވަނީ އަމުރުކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-