ރާއްޖޭގައި ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އެ އޮޕަރޭޝަނަށް ފިލައިގެ ކުޅުދުށްފުށްޓަށް ދިޔަ ބިދޭސީންތަކެއް އަތުލައިގަނެފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓްކުރަން ފެށުމާއެކު އެފަދަ ގިނަ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުން އަންނަކަމަށެވެ.
އެގޮތުން އިއްޔެ ލިބުނު މައުލޫމާތަކާއި ގުޅިގެން ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީންތަކެއް ބަލައި ފާސްކުރި އިރު އޭގެ ތެރެއިން ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންތަކެއް ފެނިފައިވާކަމަށެވެ.
އެގޮތުން ޖުމުލަ ބިދޭސީއަކަށް ނޯޓިސް ދީފައިވާކަމަށާއި އަދި ބޯޓުގެ ކެޕްޓަން އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
އަދި އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެމީހުންނަށް އަންގާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެންނެވެ.