-Advertisement-

-Advertisement-

ތަސްލީމު ގެއްލުނު މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަނީ!

މ. އަސަރީހަނދާން އުމުރުން 43 އަހަރުގެ ތަސްލީމް މުޙައްމަދު. ފޮޓޯ: ސޯޝަލް މީޑިއާ

މާލެ އަތޮޅު ހުވަފެންފުށި ކައިއީގައި ހިއްކާފައި އޮތް ފިނޮޅަކަށް ދަތުރުގޮސްއުޅެނިކޮށް ގެއްލުނު ތަސްލީމު ގެއްލުނު މައްސަލަ ޖީނާއީ މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކުރަމުން އަންނަކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ތަސްލީމު ގެއްލިފައިވަނީ އޯގަސްޓްމަހުގެ 29 ވަނަ ދުވަހުގައެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހޯދުމަށް ކުރެވުނު މަސައްކަތުން ތަސްލީމުގެ އެއްވެށް ޚަބަރެއް މިހާތަނަށް ވެފައި ނުވާކަމަށާއި އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކުރަމުން އަންނަކަމަށެވެ.

އޭނާ ގެއްލުނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އާއި މެރިޓައިމް ސާޗް އެންޑް ރެސްކިއުން އިން ކޭސް އެއް ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން މިހާރު ލީޑުކުރަމުން ދަނީ ފުލުހުންނެވެ. ނަމަވެސް އެމްއެންޑީއެފުން ވެސް ދަނީ މި މައްސަލައިގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޭނާ ހޯދުމަށް މިހާތަނަށް ފިނޮޅު ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންނާއި 3000 އަކަ ފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ސިފައިން ވަނީ ބަލާފައެވެ. ނަމަވެސް ތަސްލީމުގެ އެއްވެސް ނިޝާނެއް ވެސް ފެނިފައެއް ނުވެއެވެ.

ތަސްލީމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފިނޮޅަށް ދަތުރު ބަޔަކު ގޮސްފައިވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9794639 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-