-Advertisement-

-Advertisement-

މި ހަފްތާގެ ބުދަ ބުރާސްފަތި ދެދުވަހުވެސް ޕާސްޕޯޓް ޚިދުމަތް ލިބޭނެ – އިމިގްރޭޝަން

ދިވެހި ޕާސްޕޯޓު -- ފޮޓޯ/ ރާއްޖެ އެމްވީ

މި ހަފްތާގެ ބުދަ ބުރާސްފަތި ދެދުވަހަކީ ސަރުކާރު ބަންދު ދެދުވަސް ނަމަވެސް އެ ދެ ދުވަހުވެސް އިމިގްރޭޝަންގެ މާލެ އޮފީހުން ޕާސްޕޯޓުގެ ހިދުމަތް ލިބެން ހުންނާނެކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި މަހުގެ 4 އަދި 5 ވާ ބުދަ އަދި ބުރާސްފަތި ދެދުވަސް ސަރުކާރު ބަންދު ނަމަވެސް  24 ގަޑިއިރު އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

https://x.com/ImmigrationMV/status/1830468273063739601

މީގެ އިތުރުން ޕާސްޕޯޓާއި ހަވާލުވުމަށް ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

މި ހަފްތާގެ ބުދަ ދުވަހަކީ ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އެހެންކަމުން ބުރާސްފަތި ދުވަސް ސަރުކާރުން ވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބަންދުކުރުމަށް ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-