ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ކިންގް ސަލްމާން މިސްކިތުގައި ޤުރްއާން ކިޔަވަން ދަސްކޮށްދޭ ކިލާސްތަކެއް ފެށުމަށް ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން، ކީރިތި ޤުރުއާނާއު ބެހޭ ޤައުމީ މަރުކަޒުގައި ފެށުމަށް ހަމަޖެހިފައިވާ މި ކިލާސްތަކަކީ “މަޤާމަތުލް ޤުރްއާނިއްޔާ” ގެނަމުގައި ޤުރްއާން ތަރުތީލުކޮށް ކިޔަވަން ދަސްކޮށްދޭ ކިލާސްތަކެކެވެ.
މި ކިލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު އިޝާ ނަމާދުގެ ފަހުގައި 20:00ން 21:00ށް ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ޢުމުރުން 10 އަހަރުންމަތީގެ ފިރިހެން ބޭފުޅުން އެ މައުކަޒުގެ އިއުލާނާއި އެއް ހީރާސްކުރެވިފައިވާ ގޫގްލް ފޯމް ފުރިހަމަ ކުރުމަށް އެ މަރުކަޒުގެ އިއުލާނުގައި ވެއެވެ.
“މަޤާމަތުލް ޤުރްއާނިއްޔާ” ކިލާހުގައި ބައިވެރިވުމަށް ހުޅުވާލައި ޤުރްއާނާއި ބެހޭ މަރުކަޒުން ކުރި އިއުލާން: