-Advertisement-

-Advertisement-

އަތުހަރުގެ އޮޓޯޕްސީ ހަދަން ނިންމައިފި

ފޮޓޯ: ސޯޝަލްމީޑިއާ

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން  ބިރު ދައްކި މައްސަލައިގައި ހައްޔަރު ކުރި މައްސަލައިގައި ށ.މިލަންދޫ ހެޕީލޭންޑު އާދަމް އަތުހަރުއަށް ދަންޖެހިގެން ފަރުވާ ދެމުން ދަނިކޮށް މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ފުލުހުން ނިންމައިފިއެވެ.

އަތުހަރު ދަންޖެހިފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓާ ރޭ 19:02 ގައެވެ. ފުލުހުންނަށް އޭނާ ދަންޖެހިފައި ވަނީ ޖަލު ކެމެރާ މޮނިޓާ ކުރަމުން ދަނިކޮށެވެ. ދަން ޖެހުނު ވަގުތުން ފެށިގެން 23 މިނެޓް ތެރޭގައި ފުލުހުން ވަނީ އޭނާ އައިޖީއެމްއެޗް އެމަޖެންސީއަށް ގެނެސްފައެވެ.

އޭނާގެ ހާލު ދެރަވެ އައިސީޔޫގައި ވެންޓިލޭޓަރުގައި އޭނާއަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ މިއަދު ހަވީރު ގަޑިން 4:08 ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިހާރު މިހާދިސާގެ ތަހުގީގު ފަށާފައިވާއިރު، ފުލުހުންގެ އިތުރުން އެޗްއާރުސީއެމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް ދަނީ އަތުހަރު ދަންޖެހުނު މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-