-Advertisement-

-Advertisement-

އެމްއެންޔޫއިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ މެރަތަން އަންނަ ފެބުރުވަރީގައި ބާއްވަނީ

ފޮޓޯ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ރާވައި އިންތިޒާމު ކުރާ ފުރަތަމަ މެރަތަން އަންނަ ފެބުރުވަރީ މަހު ބާއްވަން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހާމަކޮށްފައިވާ ގޮތުގައި މީގެ ފަހުން ކޮންމެ އަހަރަކު އެއް ފަހަރު މެރަތަންއެއް ބޭއްވުމަށް އެ ޔުނިވަރސިޓީން ވަނީ ނިންމާފައެވެ.

މި މެރަތަން އިންތިޒާމް ކުރާނީ އެ ޔުނިވަރސިޓީގެ ވިޔަފާރި ކުންފުނި “ޔުނިވިޔަ ހޯލްޑިން” އިންނެވެ. އެ ކުންފުންޏަށް އެހީތެރި ވަނީ މެރަތަން ބޭއްވުމުގައި 11 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޓީއެފްޖީއެވެ.

މި މެރަތަން އިފްތިތާޙު ކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ވަނި އެ ކަމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި މި މެރަތަން އިފްތިތާޙްކޮށްދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު، ޑރ އައިޝަތު ޝެހެނާޒު އާދަމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝެހެނާޒު ވިދާޅުވީ، ޖިސްމާނީ ހަރަކާތް އަޅުގަނޑުމެންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް ވަރަށް މުހިންމުކަމަށާއި އޭގެ ސަބަބުން ހަށިގަނޑު ހަރުދަނާވެ، ސިކުނޑިތައް ތޫނުވެ، އުފާވެރިކަން ވަރަށް ބޮޑަށް އިތުރުކޮށްދޭކަމަށެވެ. އަދި މެރަތަން ފަދަ ހަރަކާތްތަކުގެ ސަބަބުން އެ ޔުނިވާސިޓީގެ ތަޞައްވުރާ އެއްގޮތަށް ރަނގަޅު ދުޅަހެޔޮ އަދި މުޖްތަމައަށް ހެޔޮ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލްކަން ލިބިފައިވާ، އިޖްތިމާއީ ގޮތުން ޒިންމާދާރު ދަސްވެނިންތަކެއް ބައްޓަން ކުރުމަށް މަގުފަހިވެގެންދާކަމަށް ވެސް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

މިހާރު ރާވާލެވިފައިވާ ގޮތުގައި ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު މެރަތަން ފެށުމަށް ހަމަޖެހިފައިވާ އިރު، މެރަތަންގައި ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއެކެވެ. އެއީ މެރަތަން އާއި ހާފް މެރަތަން އާއި ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރެވެ. މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ އަވަހަށް ނިންމާ ފިރިހެން އަދި އަންހެން ތިން ދުވުންތެރިންނަށް 3000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާ ދެމެދުގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-