-Advertisement-

-Advertisement-

ޖަރުމަނުގައި ރާއްޖެ ތަމްސީލުކުރާނެ އެޖެންސީއެއް ހޯދުމަށް އިއުލާނުކޮށްފި

ފޮޓޯ/ވިސިޓް މޯލްޑިވެސް

ޖަރުމަނުގައި ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި ރާއްޖެ ތަމްސީލުކުރާނެ އެޖެންސީއެއް ހޯދުމަށް (އެމްއެމްޕީއާރސީން) އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ވަނީ ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޖަރުމަނުގައި ރާއްޖެ ޕްރޮމޯޓް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތަށް އެދުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

މި މަސައްކަތަކީ ޖަރުމަނުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖޭގެ ޓުއަރިޒަމަށް އެ ޤައުމުގެ ރައްޔިތުން އަހުލުވެރިކުރުމުގެ އިތުރުން ޖަރުމަނުން ރާއްޖެއަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމުގައި އެމްއެމްޕީއާރސީން ބުނެފައިވެއެވެ.

އެގޮތުން އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަަލަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޕްރޮޕޯސަލް ހުށަހަޅާ އެެޖެންސީއަކީ، ފާއިތުވި ފަސް އަހަރު ތެރޭގައި އެފަދަ މަސައްކަތެއްގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންޖެހޭނެކަމަށްވެސް އެ ކުންފުނީގެ އިއުލާނުގައި ބުނެފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ 5 ވަނައިގައި އޮތް ޖަރުމަނުން މި މަހުގެ 1 އާ ހަމައަށް ރާއްޖެ އަށް 98،183 ޓޫރިސްޓުން އައިސްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-