-Advertisement-

-Advertisement-

“ނުކުތާ” ނޫހުގެ ވެރިޔާއަށް މަރުގެ އިންޒާރު ދީފި

އޮންލައިން ނޫހެއް ކަމަށްވާ “ނުކުތާ” ގެ ސީއީއޯ ޢާލިމް އަބްދުއްލަތީފަށް މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ނޫހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް ދަންޖެހިގެން މަރުވި އަތުހަރުގެ މަރާއި ގުޅިގެން އެ ނޫހުން ރޭ ޝާޢިއު ކުރި ވީޑިއޯގައި ފެންނަ އެނޫހުގެ ސީއީއޯ/ނޫސްވެރިޔާ، އާލިމް އަބްދުލްލަތީފަށް ފުރާނައަށް ނުރައްކާތެރި ހަމަލާއެއް ދީފާނެކަމަށް ދޭހަވާ މޭރުމަކުން ކޮމެންޓުކޮށް އިންޒާރުދީފައިވާކަމަށެވެ.

އެގޮތުން މުހައްމަދު ގައިސްގެ ނަމުގައިވާ އައިޑީއަކުން ކޮށްފައިވާ މި ކޮމެންޓުގައި ބުނެފައިވަނީ ނުކުތާގެ ނޫސްވެރިޔާ އާލިމްއަކީ މުރުތައްދެއް ކަމަށާއި ލޭ ހުއްދަވާނެ ކަމަށެވެ.

އެހެންކަމުން މި އަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ނޫހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ނުކުތާގެ ނޫސްވެރިޔާ/ ސީއީއޯއަށް ދިން މި އިންޒާރު، ނިއުސް ލެބްގެ މެނޭޖްމަންޓާއި މުޅި ޓީމުގެ ފަރާތުން ކުށްވެރިކުރަމެވެ. އަދި މި މައްސަލަ ބަަލައި ނޫސްވެރިނަށް ދެވޭ ހައްގު ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލަމެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-