-Advertisement-

-Advertisement-

ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ރިޕޯޓެއް އުފެއްދި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން. ފޮޯޓޯ؛ ހަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރަން ކަމަށް ބުނެ ނެރުނުނު ސައްހަ ނޫން އަމުރާއި ގުޅިގެން މީސް މީޑިއާގައި ދައުރު ކުރަމުންދަނީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ވަނީ ވަނީ މީސް މީޑިއާގެ މަންސަ ތަކުގައި ދައުރުވަމުންދާ އެ ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެން އުފައްދާފައިވާ ނޫން ވާހަކަތައް ހިމެނޭ ރިޕޯޓެއް ކަމަށެވެ.

އެގޮތުން އެރިޕޯޓާއި ގުޅިގެން ފުލުހުން ބެލި ބެލުމުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި:

  1. ރިޕޯޓްގައި ބޭނުންކޮށްފައިވާ ހެޑާ އާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވުން
  2. އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ ނަމުގައި ބޭނުންކޮށްފައި ވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓްތަކުގައި ސޮއިކުރައްވަމުން ގެންދަވާ، ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ ސޮއި ފޯޖްކޮށްގެން

ފުލުހުން ވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އޭސީސީ އިން އެދިފައިވާތީވެ އެމައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއާއިއެކު ފުލުހުން ވަނީ އާންމުންގެ މެދުގައި އެކި ފަރާތްތަކާ މެދު ނުބައި ތަސައްވަރު އުފެދޭ ގޮތަށް ފަތުރާ މިފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރި ނުވުމަށް އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-