އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފެއްދުމުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑެއް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެކުލަވާލައި އާންމުކޮށްފިއެވެ.
އެއޮތޯރިޓީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލު ކުރަންވީ ގޮތުގެ މިންގަނޑު” (ނަންބަރު: MFDA-FCD STAN 18-2024) އަދި “އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުޞޫލު” (MFDA-FCD GL 4-2024) މިނިސްޓްރީން އޮފް ހެލްތުގެ ވެބްސައިޓުގައި އަދި އެއޮތޯރިޓީގެ ދިރިތި ޕޯޓަލްގައި ޝާއިއު ކޮށްފައިވާނެ ކަމަށެވެ.
މިއާއިއެކު އެމްއެފްޑީއޭ އިން ވަނީ، މި މިންގަނޑުތަކަށް އަމަލުކުރުމަށް އަންގާފައެވެ.
އަދި މިކަމާއި ގުޅިގެން މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 3014361ށް އަދި ރަސްމީ ނޫން ގަޑީގައި ނަމަ 7603204ށް ގުޅުއްވުމަށް ވެސް ވަނީ އެދިފައެވެ.