-Advertisement-

-Advertisement-

މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާހު ގެނައުމުގެ ބިލު ތަޞްދީގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު – ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، މިދިޔަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.

މިބިލަށް އިސްލާހު ގެނެސްފައިވަނީ (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް ގެނެވުނު އިޞްލާޙާ ގުޅިގެންނެވެ.

މިބިލުގައި ކަނޑައަޅާފައިވާ ގޮތުގައި ވިޔަފާރި ރަޖިސްޓަރީކުރުމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތީން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގައި ހުއްދަކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތަކުގައި އިންވެސްޓްކުރެވޭނެ އުސޫލުތައް ކަނޑައެޅިދާނެކަމަށާއި، މިގޮތަށް މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުން ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ގޮތްތައް ކަނޑައެޅުމަކީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ.) ގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެއިތުރުން މިބިލުގައި ސްޓޮކް އެކްސްޗޭންޖްގައި ސެކިއުރިޓީޒް ގަނެވިއްކުމުގެ މުޢާމަލާތްތައް ހިންގަނީ ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް މޮނިޓަރިން އަދި ކޮމްޕްލަޔަންސް މެކޭނިޒަމެއް ޤާއިމުކުރުމަށް ވެސް ސީ.އެމް.ޑީ.އޭ. ޒިންމާއެކެވެ.

މިގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނަށް ސެކިއުރިޓީޒްގައި އިންވެސްޓްކުރުމާބެހޭ ގަވާއިދެއް އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އަދި އެގަވާއިދުގައި އިންވެސްޓްކުރެވޭނެ ބާވަތުގެ ސެކިއުރިޓީޒްއާއި، އެފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، ސްޓްކް އެކްސްޗޭންޖުގައި ސެކިއުރިޓީޒް ގަނެވިއްކުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ބަޔާންކޮށްފައިވާން ޖެހޭނެ ކަމަށް މިބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މިއަދު މިބިލް ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހި ސަރުކާރު ގެޒެޓުގައި މިގާނޫނު މިހާރު ޝާއިއު ކުރެވިފައިވާނެ އެވެ. މިގާނޫނަށް ޢަމަލު ކުރުމަށް ކަނޑައަޅާފައި ވަނީ ގާނޫނު ތަޞްދީޤު ކުރައްވާ ތާރީހުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-