-Advertisement-

-Advertisement-

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ކުޑަ ކުރުމަށް އަންގައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފިއެވެ.

ޕީސީބީން މިއަދު އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބަޔާންކޮށްފައި ވަނީ ސަރުކާރުން ހަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ޚަރަދުތައް ކުޑަ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ޕީސީބީން އެޅުމަށް އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރުތަކުގެ ޚަރަދުތައް ކުޑަކުރުމާއި މުވައްޒަފުންނަށް ކުރާ ހޭދަ ކުޑަ ކުރުން ހިމެނެއެވެ.

އެގޮތުން ދަތުރުތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި:

  • ކުންފުނިތަކުން ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުން
  • ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބޭރުގެ ސަޕްލަޔަރުންނާއި ކަސްޓަމަރުންނާ އޮންލައިންކޮށް ބައްދަލުވުން ބޭއްވުން
  • ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށް ވުރެ އިތުރުވާ ނަމަ ފަސްޓް ކްލާހުގައި ދަތުރު ނުކުރުން
  • ސްޕޮންސާ ލިބިގެން ކުރާ ދަތުރުތަކުގައި ވެސް ކުންފުނިތަކުން ކުރާ ހޭދަ ކުޑަކުރުން
  • ފެރީ ހިދުމަތް ލިބެން ހުރި ނަމަ ފެރީން ދަތުރު ކުރުން
  • ކުންފުނިތަކަށް ސީދާ ފައިދާވާ މަހާސިންތާތަކާއި ފެއާ ފަދަ ބައްދަލުވުންތައް ނޫން ގޮތަކަށް ބައިވެރިނުވުން

މީގެ އިތުރުން، މުވައްޒަފުންގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި:

  • ކޮންމެހެން ބޭނުންވާ މުވައްޒަފުން ނޫނީ ނުނެގުން
  • ފީސީބީގެ ހުއްދަ ނެތި އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުން
  • މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ނުކުރުން
  • ޑޮލަރުން މުސާރަ އާއި އިނާޔަތްތައް ދިނުން ހުއްޓާލުން
  • ތަމްރީނުތައް ހިންގުމަށް ވެސް އެ ކުންފުންޏެއްގެ ގާބިލް މުވައްޒަފުންގެ ބޭނުން ކުރުން

ޕީސީބީން ވަނީ ކަރަންޓް ބިލުގެ ހަރަދު ކުޑަކުރުމަށް ވީހާވެސް ކަރަންޓް ބިލް ކުޑަވާނެ ފަދައިން ކަންކަން ރޭވުމަށް ވެސް އަންގާފައެވެ. އެގޮތުން، ކަރުދާހާއި ސްޓްރޭޝަނަރީގެ ހަރަދު ކުޑަ ކުރުމަށްޓަކައި ވީހާވެސް ބޮޑަށް ޑިޖިޓަލްކޮށް ކުންފުނީގެ ކަންކަން ރޭވުމަށާއި ކުންފުނީގެ އަހަރީ ޕްރޮކިއުމެންޓާ އެއްގޮތަށް ޕްރޮކިއުމެންޓް ހަރަދުތައް ކުރުމަށާއި ސީއެސްއާރާއި ސްޕޮންސަޝިޕަށް ކުރާ ހޭދަ ވެސް ކުޑަ ކުރުން ހިމެނެއެވެ.

ޕީސީބީން މިފިޔަވަޅުތައް އެޅުމަށް އަންގާފައި ވަނީ ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ދަނޑިވަޅެއްގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-