-Advertisement-

-Advertisement-

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީމައިދާނުގައި އޮތް މި ޚާއްސަ ރަސްމިޔާތުގައި ރައީސްގެ ދެމަފިރިކަނބަލުންގެ އިތުރުން ނައިބު ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން، އަދި ދައުލަތުގެ އިސް ވަޒީރުންނާއި ބައެއް މަޖިލިސް މެމްބަރުންވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ރަސްމިޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއް ކުރުން ވެސް ކުރިއަށް ދިޔައެވެ. އަދި ރަސްމިއްޔާތު ނިންމާލާފައިވަނީ ގައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ގައުމީ ސަލާމް ކުޅުމާ އެކުގައެވެ.

ޤައުމީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލް އައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ.

އެއީ، ޕޯޗުޤީޒުންގެ އަޅުވެތިކަމުން މުހައްމަދު ތަކުރުފާނު މި ޤައުމު ސަލާމަތްކުރެއްވި ދުވަހެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާއަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-