-Advertisement-

-Advertisement-

ދިވެހިންގެ ޠަބީއަތަކީ މިނިވަންކަމާއެކު ދެމިތިބުން: ރައީސް

މިއަދުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ- ފޮޓޯ/ ރައީސް އޮފީސް

ދިވެހިންގެ ޠަބީއަތަކީ މިނިވަންކަމާއެކު ދެމިތިބުންކަމަށާއި މި ސަރުކާރާއި ރައީސްގެ މުޅި ދިޔާސަތު ބުނާ ކުރައްވާނީ އެ އަސާސުގެ މަތީގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ޤައުމެއް ދެމި އޮތުމަށްޓަކައި ނުވަތަ އެ ޤައުމެއްގެ މާދަމާަގެ ސަލާމަތަށްޓަކައި އެންމެ އިސްކަމެއް ދެނީ އެ ޤައުމެއް އެ ޤައުމެއްގެ އަހުލުންގެ މިލްކުގައި ބޭއްވުމަށް ކަމަށެވެ. އެއީ ޠަބީޢީ ކަމެއްކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހިންގެ ޠަބީއަތަކީ މިނިވަންކަމާއެކު ދެމިތިބުންކަމަށެވެ.

ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުން. ދިވެހީންގެ ޠަބީޢަތަކީ މިނިވަންކަމާއެކު ދެމި ތިބުން. އަޅުގަނޑުގެ މުޅި ސިޔާސަތު ބިނާކުރަނީ މި އަސާސުގެ މައްޗަށް – ރައީސުލްޖުމްހޫރިއްޔާ

މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖޭގައި ޤާއިމުވެ ތިބި ބޭރުގެ ސިފައިން ފޮނުވާލާ، ރާއްޖެ ބަލަހައްޓަން އެންމެ ޒަމާނީ ޓެކުނޯލޮޖީއާއެކު އުޅަނދުތައް އުދުހެމުން އެދަނީ އެމަނިކުފާނުގެ އެ ސިޔާސަތުގެ ދަށުން ކަމަށެވެ.

އަދި މިއަދު އިފްތިތާހު ކުރެވިގެންދިޔަ ދިވެހި ގައުމިއްޔަތުގެ އިސްވާރަކީ ގައުމިއްޔާތުގެ ދާއިރާގެ ތައުލީމާއި ހޭޅުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހި ޤައުމިއްޔަތުން ދަސްވާނީ ދިވެހިވަންތަކަން ކުރިއެރުވުމަށް ކަމަށާއި މި ލޮބުވެތި ދިވެހިރާއްޖެ ނުވަތަ ދިވެހި ފަސްނގަޑާ ދިވެހީން ހަވާލުވާންކަމަށެވެ.

ޤައުމީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލް އައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ.

އެއީ، ޕޯޗުޤީޒުންގެ އަޅުވެތިކަމުން މުހައްމަދު ތަކުރުފާނު މި ޤައުމު ސަލާމަތްކުރެއްވި ދުވަހެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާއަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-