ހުޅުމާލެއިން ބުރިޖަށް ދިއުމަށް އޮންނަ ހަލި މަގުގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އެގޮތުން މި އެކްސިޑެންޓް ހިނގައިފައިވަނީ ބްރިޖަށް ދިއުމަށް ދުއްވާފައި އައި ދެ ސައިކަލު ޖެހިގެން ކަމުގައި ފުލުހުން ވިދާޅުވެއެވެ.
އެގޮތުން މި އެކްސިޑެންޓްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށާއި އޭގެ ތެރެއިން އެކަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމުގައި ފުލުހުން ވިދާޅުވިއެވެ.
އަދި އަނެއް މީހާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ ދެމީހުންނަށް ވެފައިވަނީ ކޮން އަނިޔާތަކެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.