ފުލުހަކު އަންހެނަކަށް އަނިޔާކޮށް މަރާލާނެކަމަށް ބިރުދެއްކި މީހެއްގެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހަކު އަންހެނަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައެއް މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ފުލުހުންގެ ޤަވާއިދުގައި ކަނޑައަޅާފައި އޮންނަ ގޮތުގެ މަތީން އެމައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުހުންގެ މީޑިއާ އޮފިޝަލް ބުނެފައިވެއެވެ.
މީސްމީޑިއާގައި ފުލުހަކު އަންހެނަކަށް ބިރުދައްކާ މަރުގެ އިންޒާރުދޭ ކޯލް ރިކޯޑިންއެއްގެ އިތުރުން، އެ އަންހެން މީހާއަށް މަރުގެ އިންޒާރުދޭ މެސެޖް ތަކުގެ ކްރީންޝޮޓް ވެސް ދަރުރުވަމުން އެބަދެއެވެ.
މިމައްސަލަ އާއި ގުޅިގެން އަންހެން މީހާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފުލުސް މީހާގެ ފަރާތުން އޭނާއަށް މަރުގެ ހަމަލާތައް ވެސް ލިބިފައިވާ ކަމަށާއި އެފަދަ މީހުން ދިވެހި ފުލުހުންގެ ހިދުމަތުގައި އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި އަންހެން މީހާ އަތުގައި މިމައްސަލަ ސާބިތު ކުރެވޭނެ މިންވަރަށް ހެކި ހުރި ކަމަށް ބުނެ އަންހެން މީހާ ވަނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން މި މައްސަލަ ބެލުމަށް ގޮވާލާފައެވެ.