-Advertisement-

-Advertisement-

ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ކަޒަކިސްތާނާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފޮޓޯ: ހޯމްލޭންޑް މިނިސްޓްރީ

ރާއްޖެ އާއި ކަޒަކިސްތާނާއި ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތެވެ. އަދި ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކިސްތާނު ސަރުކާރުގެ ޑިޖިޓަލް ޑެވެލޮޕްމެންޓް، އިނޮވޭޝަން އެންޑް އެއިރޮސްޕޭސް އިންޑަސްޓްރީގެ މިނިސްޓަރު ޒްހާސްލަން މަޑިޔެވްއެވެ.

ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ރާއްޖެ ދައްކުވައިދެނީ ދިމާވާ ގޮންޖެހުން ތަކުން އަރައިގަނެ، ފަރަގު ނައްތާލަން މަސައްކަތް ކުރާ ގައުމެއްގެ ގޮތުގައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް ސޮލިއުޝަންތަކުގެ ބޭނުން ހިފުމުން މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ސިއްހީ ހިދުމަތާއި ތައުލީމު ކުރިއެރުވުމާއި، އާންމު ހިދުމަތް ފޯރުކޮށްދިނުން ހަރުދަނާ ކުރުމާއި، އިގްތިސޯދުތައް ޑައިވާސިފައިކޮށް، ދިރިއުޅުމުގެ އިތުރު ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށެވެ.

އެގޮތުން އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ރޮނގުން ހުރި ގޮންޖެހުންތައް ފުރުސަތަކަށް ބަދަލުކުރުމުން އެންމެންނަށް ދެމެހެއްޓެނިވި، އަދި ތަނަވަސް މުސްތަގުބަލަކަށް މަގު ފަހިކޮށްދެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއިން ޑިޖިޓަލް އިގްތިސޯދަކަށް ބަދަލުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލަށް ދިއުމަށް ބައިނަލްއަގްވާމީ އެއްބާރުލުމާއި، ގިނަ އަދަދެއްގެ އިންވެސްޓްމަންޓްތަކާއި ޕާޓްނާޝިޕްތައް ބޭނުންވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކަމަކީ އެކަނި ހާސިލް ވާނެ ކަމެއް ނޫން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-