މިއަަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، އެ އިދާރާއިން ދެމުން އަންނަ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މުދާ ދޫކުރުމާއި އުޅަނދުފަހަރަށް ކްލިއަރެންސް ދޫކުރުން މިއަދު ކުރިއަށް ދާނެ ކަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
އެގޮތުން އެ އިދާރާއިން ވިދާޅުވީ، މާލޭގައި ޤާއިމްކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުން މުދަލުގެ ލިޔެކިޔުންތަކާއީ ގުޅުންގުރި މަރުހަލާތައް ފުރިހަމަ ކުރުމާއި މުދާ ދޫކުރުން ކުރިއަށް ދާނެ ކަމަށެވެ.
އަދި އުޅަނދު ފަހަރަށް ކްލިއަރެންސް ދިނުމާއި ބޮންޑެޑް ވެއާ ހައުސްތަކާ ގުޅޭ ހިދުމަތްތައް ވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ވަނީ ޤައުމީ ދުވަހާއި ގުޅުވައިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފައެވެ.