ލޮލު ރޯގާއާއި މެދު ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންޖީން އިލްތިމާސްކޮށްފިއެވެ.
ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ މި ބައްލީގެ ކޭސްތައް މަދުމަދުން ނަމަވެސް ކޮންމެ މަހަކުވެސް ފެންނަމުން އަންނަކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.
އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ލޮލޮރޯގާއިން ރައްކާތެރިވުމަށްޓަކައި އެ ބަލީގެ އަލާމާތްތައް ދެނެގަތުމަކީ ވަރަށް މުހިއްމުކަމެއްކަން ފާހަގަކޮށް، ލޮލު ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ އިރުޝާދު ދީފައެވެ.
ރައްކާތެރިވުމަށްޓަކައި އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި:
- ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުން.
- އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން.
- ލޮލުގައި އަތްލުމާއި ނުވަތަ ލޯ އުނގުޅުމުން ދުރުހެލިވުން.
- ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން.
- ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރާ ބޭސްފުޅި ބޭނުންނުކުރުން.
https://x.com/HPA_MV/status/1831557875803517296
މީގެ އިތުރުން މި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އަދި ބައްޔަށް ޝައްކު ކުރެވޭނަމަ، ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ދައްކައިގެން ފަރުވާ ހޯދަން އެ އޮތޯރިޓީން އިލްތިމާސްކުރިއެެވެ.
އެގޮތުން، ލޮލުރޯގާ ޖެހިއްޖެކަން ޔަގީންކުރާނެ ބައެއް އަލާމާތްތައް:
- ހުން އައުން.
- ލޯ ހިރުވުން.
- ލޮލުން ފެންއައުން.
- ލޮލުގައި މަޑުހެދުން.
- ލޯ ރަތްވުން.
ދޭތެރެ ދޭތެރެއިން އެކި ބަލިތައް އާންމުވުމާއި ގުޅިގެން އެޗްޕީއޭ އިން އަންނަނީ ބަލިތަކުން ރައްކާތެރިވުމާށް އިލްތިމާސްކުރަމުންނެވެ.