-Advertisement-

-Advertisement-

ޝަރުތުތަކާއެކު ޑރ ޝަޒްރާއާއި ޝާދިޔާ ދޫކޮށްލައިފި

ޝާދިޔާއާއި ޑރ. ޝަޒުރާ އިހުތިޖާޖު ކުރުމުގެ ތެރެއިން / ފޮޓޯ: ޕޮލިސް

ހައްދުފަހަނަ އެޅި އިސްރާއީލުގެ ސިފައިން ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލު ޢާންމުތަކާއި ދެކޮޅަށް، މާލެ އަދި ހުޅުމާލޭގެ ސަރުކާރުގެ ބައެއް އޮފީސްތައް ދޮށުގައި އާދު އުފުލި މައްސަލައިގައި ހައްޔަރުކުރި ޑރ ޝަޒްރާއާއި ޝާދިޔާ ދޫކޮށްލައިފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު މި ދެމީހުން ކުރަމުން ދިޔަ އިހްތިޖާޖް ހުއްޓާލުމަށްފަހު އެ ސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް ފުލުހުން އެދުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅުމުގެ ސަބަބުން ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުން ވަނީ ހައްޔަރުކޮށްފައެވެ.

އެގޮތުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމުގެ އިތުރުން ވަކި ސަފީރަކުން އުނދަގޫ ކުރުމުގެ އަމަލުތަކެއް ހިންގަމުންދިޔަ ކަމުގެ ތުހުމަތު އެ ދެމީހުންގެ މައްޗަށް ކުރެއެވެ.

ދެ ފަހަރެއްގެ މަތިން ޑރ ޝަޒްރާއާއި ޝާދިޔާގެ ބަންދަށް މުއްދަތުވެސް ޖެހި ނަމަވެސް މިހާރު އެދެމީހުން ވަނީ، މާލޭގައި ހުންނަ ބޭރުގެ އެމްބަސީތަކުގެ ކައިރީ އިހުތިޖާޖް ނުކުރުމަށް ޝަރުތުކޮށް ދޫކޮށްލައިފައެވެ.

މި އަމަލުތަކާ ގުޅިގެން، އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތިން ޝާދިޔާއާއި ޝަޒުރާއަށް ނަސޭހަތްދީފައިވާނެ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެދެމީހުން ދޫކޮށްލާފައިވަނީ ބަންދުކުރިތާ 9 ދުވަސް ފަހުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-