-Advertisement-

-Advertisement-

އަޒަރުބައިޖާން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް އަޅަން ފަށައިފި

ފޮޓޯ: މޯލްޑިވްސް އިންސައިޑާ

ފިނި މޫސުމާ ދިމާކޮށް އަޒަރުބައިޖާން އެއާލައިނުން  ފުރަތަމަ ފަހަރަށް ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

އަންނަ ނޮވެމްބަރު މަހުގެ 8 އިން ފެށިގެން އަޒަރުބައިޖާން އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާކަން އިއުލާންކޮށް އެއާލައިންއިން ވަނީ އަޒަރުބައިޖާން އެއާލައިންސްގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓް ކޮށްފައެވެ.

އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި މިދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު ދެ ފަހަރުއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހުކުރު އަދި އާދިއްތަ ދުވަހު މާލެއަށް ފްލައިޓު އޮންނާނެ ކަމަށް އެއެއާލައިނުން ބުނެފައިވެއެވެ.

މިދަތުރަށް ގާތްގަނޑަކަށް 6 ވަރަކަށް ގަޑިއިރު ހޭދަވާއިރު، ރާއްޖެއިން ސީދާ އަޒަރުބައިޖާނަށް ދަތުރުކުރަން ފެށުމުން މި ގައުމަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެއެވެ.

އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ދަތުރު ކުރުމަށް ބޭނުން ކުރާނީ ބޮއިން-787 މަރުކާގެ ބޯޓުތަކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-