-Advertisement-

-Advertisement-

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީންތަކެއް އަތުލައިގެންފި

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓާސްކު ފޯހަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިއަދު ހިނގި ހާއްސަ ރެއިޑް އޮޕަރޭޝަންއެއް ހިންގާފައިވާ ކަމަށެވެ.

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

މިރެއިޑް އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

“މި ރެއިޑުގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި. އަދި މި މީހުން އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ވަނީ ފެނިފައި” އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ހިއްސާ ކޮށްފައިވާ ފޮޓޯތަކުން ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ޑޮލަރާއި އަދި އެކި ގައުމުތަކުގެ ފައިސާ ފެންނަން ހުއްޓެވެ.

އިމިގްރޭޝަނުން ވަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ފަހުން އިތުރު ތަފްސީލު ހާމަ ކުރާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-