-Advertisement-

-Advertisement-

ހުޅުމާލެގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެ

ރޭ ދަންވަރު ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގައިފައިވަނީ ސެންޓްރަލް ޕާކް ކައިރިން އުރީދޫ ބިލްޑިންގް ކުރިމަތިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ރޭސް ކާރެއް ސައިކަލެއްގައި ޖެހިއެވެ.

ނިޔާވެފައިވަނީ ލ. އިސްދޫ،ބީޗްހައުސް، އުމުރުން 23 އަހަރުފެ ހަސަން ސަމާހެވެ. އެނާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.

މި އެކްސިޑެންޓް ހިނގި އިރު ސައިކަލުގަައި ދެ ޒުވާނުން ތިބި އިރު، ނިޔާ ވެފައިވަނީ ސައިކަލް ދުއްވަން އިން ޒުވާނާއެވެ. ފަހަތުގައި އިން މީހާއަށް މާ ބޮޑެތި ގެއްލުންތަކެއް ނުވާކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން ޒުވާނާގެ ބޮލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ތާ މާ ގިނަ އިރުތަކެއް ނުވެ ބިނާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިގެ އިތުރުން ރޭސްކާރު ދުއްވަން އިން މިހާއަކީ ލައިސަންސް ނެތް މިހެއްކަންވެސް ވަނީ އެނގައިފައެވެ.

ސަމާހްގެ ކަށުނަމާދު މިރޭ މަޣްރިބު ނަމާދަށްފަހު ކުރުމަށް ވަނީ ހަމަޖެހިފަ

އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-