-Advertisement-

-Advertisement-

ރޭގެ އެކްސިޑެންޓްގައި ކާރު ދުއްވަން އިން މިހާ ހައްޔަރުކޮށްފި

ރޭ ހުޅުމާލޭގައި ރޭސްކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހް ވަނީ ނިޔާވެފައެވެ.

އޭނާ ނިޔާވެފައިވަނީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަރުވާދެމުން އަންނަނިކޮށެވެ.

ފުލުހުން ވިދާޅުވީ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން  ސ. ހިތަދޫ، ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިއްދީގު ހައްޔަރުކޮށްފައި ވާކަމަށެވެ.

މި ހާދިސާ ހިނގި އިރު ކާރު ދުއްވި ވިސާމްގެ އަތުގައި ލައިސަންސްވެސް ނެތްކަމަށް މައުލޫމާތު ލިބެއެވެ.

ރޭގެ އެކްސިޑެންޓް ހިނގިއިރު ސައިކަލުގެ ފަހަތުގައިވެސް އިތުރު ޒުވާނަކު އިނެވެ.

އެހެން ނަމަވެސް އޭނާއަށް މާބޮޑެތި އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

މި އެކްސިޑެންޓްގައި މަރުވި ސަމާހަކީ މޯލްޑިވްސް ޕްރިޒަންސްގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.

ސަމާހްގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، މިރޭގެ މަޣްރިބު ނަމާދަށްފަހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-