-Advertisement-

-Advertisement-

ގެސްޓްހައުސަކަށް ގެންގޮސް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް އަންހެނަކު ހައްޔަރުކޮށްފި

ފޮޓޯ: ފުލުހުން

ފިރިހެނަކަށް ކޮޓަރިއަށް ދާން ދައުވަތު ދިނުމަށްފަހު ގެންގޮސް ބައިލައްކައަށްވުރެއް ގިނަ ރުފިޔާ ފޭރިގަތް އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އޯގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު އައިޖީއެމްއެޗް ކައިރިން ދިވެހި ފިރިހެނަކު ހުއްޓުވާ އޭނާއަށް ކޮޓަރިއަށް ދިއުމަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސަކަށް ގެންގޮސް ދިވެހި ފިރިހެނަކާ ބައިވެރިވެގެން، އެ މީހާ ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝްކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގެނަފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ މިމައްސަލަ އާއި ގުޅިގެން އުމުރުން 27 އަހަރުގެ އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ އަންހެނަކު ހައްޔަރުކޮށް އޭނާގެ ވަނަވަރު އާންމުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައި ވަނީ އައިޝަތު މަލްޖާ މޫސާ ދީދީއެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-