-Advertisement-

-Advertisement-

އަނެއްކާވެސް ހުޅުމާލެގައި ނުރައްކާތެރި އެކްސިޑެންޓެއް!

ހުޅުމާލެ

ކާރަކާއި ސައިކަލެއް ޖެހި އަނެއްކާވެސް ހުޅުމާލެގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓް ހިނގައިފައިވަނީ މިއަދު ހެނދުނު 6:50 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައިވާކަމަށެވެ.

އަދި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާއަށް ބޮޑެތި އާނިޔާތަކެއް ވެފައިވާއިރު އޭނާއަަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމުގައި ފުލުހުން ވިދާޅުވިއެވެ.

ހުޅުމާލޭގައި އިއްޔެ ރޭވެސް ރޭސް ކާރަކާއި ސައިކަލެއް ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެސް ވެފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-