-Advertisement-

-Advertisement-

މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅާނަން: މިނިސްޓަރ އަމީން

މަގުތަކަކަކީ ހިނގާ ބިނގާވެ އުޅޭ މީހުންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އަޅާނެކަމުގައި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އިއްޔެ ރޭ ހުޅުމާލޭގައި ރޭސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ސަމާހްގެ މަރާއި ގުޅިގެން ތަޢުޒިޔާ ފޮނުވައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މަގުތަކަކީ އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށެވެ.

އެގޮތުން ހެދިފައިވާ ޤަވާއިދުތަކާއި ޚިލާފަށް ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި  ތަންފީޒީ އިދާރާތަކާ ގުޅިގެން  އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

https://x.com/ameen3d/status/1832112786794770779

މީގެ އިތުރުން ޓްރެފިކްގެ ޤަވާއިދުތައް ހަރުދަނާކުރުމަށްޓަކައި މިހާރުން މިހާރަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވައި މިނިސްޓަރ ވަނީ،  މަގުތަކަކީ އެންމެނަށް ރައްކާތެރި، އަމާން ތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

މި ފަހަކަށް އައިސް ރޭސްކާރުތައް ދުއްވާ ދުވެލި ބާރުވެ ކޮންޓްރޯލުން ނެއްޓިގެން ހިންގާ އެކްސިޑެންޓްތައް އާންމުވެފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ހުޅުމާލޭގެ މަގުތަކަކީ ރޭސްކުރަން ހުރި މަގުތަކެއް ނޫންކަމަށާއި އެ މަގުތައް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ގޮވައިލަމުންނެވެ.

މިއަދު ހެނދުނުވެސް ހުޅުމާލޭގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. އެގޮތުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައިވެސް ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއްވެ ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-