-Advertisement-

-Advertisement-

ޓޯޔާޑަށް އެއްލާލާތަން ފެނުނީ ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދެއް: ފުލުހުން

ފުލުހުންގެ އިދާރާ – ފޮޓޯ: މިހާރު

މާލެ މެރީބްރައުން ކައިރީގައި އޮންނަ ޓޯޔާޑުގައި އުކާތަން ފެންނަ އުޅަނދަކީ ޤަވައިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީސްމީޑިއާގައި ދައުރުވަމުންދާ މޭރީބްރައުން ކައިރީގައި ހުންނަ ޓޯޔާޑުގައި ސައިކަލެއް ޓްރަކަކުން ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެންނަނީ  ސެޕްޓަމްބަރު 6 ވަނަ ދުވަހު ޤަވާއިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތަކުގެ ތެރެއިން އުޅަނދެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ އެއުޅަނދަކީ ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ތެރެއިން ނައްތާލާފައިވާ އުޅަނދުތަކެއް ކަމަށާއި ނައްތާލާފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ އެކި ދުވަސްމަތިން މާލެއާއި ހުޅުމާލެއިން ޓޯވ ކޮށްފައިވާ ދެ ފުރޮޅުލީ 247 އުޅަނދާއި ހަތަރު ފުރޮޅުލީ 29 އުޅަނދާއި 223 ބައިސްކަލާއި އެއް އެމްބިއުލާންސް ކަމަށެވެ.

ފުލުހުން ވަނީ ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރާއި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލޭފަދަ ހަގީގަތާ ޚިލާފު މަޢުލޫމާތު ފެތުރުމުން އެއްކިބާވުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މެރީބްރައުން ކައިރީގައި އޮންނަ ޓޯޔާޑުގައި ފުލުހުން ސައިކަލެއް ބިންމައްޗަށް އެއްލާލައިލާ ތަނެވެ. މިޕޯސްޓާއި މެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު ވަނީ އެފަދަ އަގު ބޮޑު ވެހިކަލްތަކާ މެދު ފުލުހުން އަމަލުކުރާ ގޮތުން ލިބޭ ގެއްލުމަށް ޒިންމާވާނީ ކޮން ބައެއްތޯ އަހާ ސުވާލު އުފައްދާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-