-Advertisement-

-Advertisement-

ހަލިމަގުގައި އެކްސިޑެންޓެއް ހިނގާ ދެމީހަކަށް އަނިޔާވެއްޖެ

ފޮޓޯ: މޯލްޑިންސް ޕޮލިސް ސާވިސް

ހަލިމަގުގައި ދެ ސައިކަލެއް އެކްސިޑެންޓުވެ ދެމީހަކަށް އަނިޔާވެއްޖެއެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ ހުޅުމާލެ ހައިވޭ ކައިރި ހުންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މިއެކްސިޑެންޓްގައި އަނިޔާވެގެން އަންހެނަކާއި ފިރިހެނަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ އާއި ގުޅިގެން އިތުރު މައުލޫމާތު ހާމަކޮށްފައި ނުވާއިރު، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ގިނަވެފައިވާއިރު، މިއަދު ހެނދުނުގެ ވަގުތެއްގައި ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ކާރެއް ޖެހިގެން ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. އަދި އިއްޔެ ވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާ ސައިކަލު ދުއްވަން އިން ޒުވާނާ ވަނީ ނިޔާވެފައެވެ.

މިމައްސަލަ އާއި ގުޅިގެން ރައީސް ޑރ މުޢިއްޒު ވަނީ ޓްރެފިކާ ގުޅޭ އުސޫލުތައް ހަރުކަށިކޮށް ވަރުގަދަކުރަން ގިނަ ފިޔަވަޅުތަކެއް އެޅުމަށް އަންގަވައިފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-