-Advertisement-

-Advertisement-

ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ސަފީރު އިބްރާހީމް ޝަހީބު ބައްދަލު ކުރައްވައިފި

ފޮޓޯ: ދެން އޮންލައިން

ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ހުންނަ ސަފީރު އިބްރާހީމް ޝަހީބު ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވެފައިވަނީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިން އާންމުކޮށް ހިދުމަތް ހޯދުމަށްޓަކައި ދާ ބެންގަލޫރުގެ ސަރުކާރުގެ އިދާރާތަކާއި އަދި މުއައްސަސާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްޓަކައި ސަފީރު ބެންގަލޫރަށް ކުރެއްވި ދަތުރުފުޅުގައި އެތަނުގައި އުޅޭ ދިވެހިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

ބެންގަލޫރުގައި ހުންނަ ކޮންރެޑް ހޮޓެލްގައި ހުސްވި ހަފްތާގެ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ތަނުގައި ދިރިއުޅޭ ދިވެހިންނާއި އެ ސިޓީއަށް އެކި ކަންކަމުގައި ޒިޔާރަތްކުރާ ދިވެހިންނަށް ކުރިމަތިވާ ބައެއް ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާ ސަފީރު ވަނީ މިކަންކަން ހައްލުކުރުމަށްޓަކައި އެމީހުންގެ ލަފާ ހޯދާފައެވެ.

އިންޑިއާގައި ދިރިއުޅުއްވާ މީހުންނާއި އެކި ކަންކަމުގައި އިންޑިއާއަށް ޒިޔާރަތް ކުރައްވާ ދިވެހިން ހައިކޮމިޝަންގައި ރަޖިސްޓްރީ ވުމުގެ މުހިންމުކަން ފާހަގަކުރައްވާ ސަފީރު ވަނީ ކުރިއަށް އޮތް ތަނުގައި ބެންގަލޫރާއި މައިސޫރުގައި ދިރިއުޅުއްވާ ދިވެހިންނާ ދިއްލީގައި ހުންނަ ހައިކޮމިޝަން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.

“ހައިކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ވޭވޭނެ, އަޅުގަނޑުމެން ދޭން ޖެހޭ ޚިދުމަތްތައް ދޭން އޭރުން ފަސޭހަ ވެގެންދާނެ” ޝަހީބު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސަފީރު ވަނީ ދިވެހިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-