މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ޒުވާނާ ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ މުހައްމަދު ލީވާނެވެ.
މިއެކްސިޑެންޓް ހިނގައިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 12:35 ހާއިރު ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހިގެންކަމަށް ފުލުހުން އޭރު ވަނީ ވިދާޅުވެފައެވެ.
ހޮސްޕިޓަލާއި ހަވާލާދީ އެ ޒުވާނާގެ އާއިލާއިން ވަނީ އޭނާ ނިޔާވިކަން ކަށަވަރުކޮށްދީފައެވެ.
އެގޮތުން އެކްސިޑެންޓްގައި ލީވާންގެ ބޯލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އޭނާގެ ސިކުނޑި މަރުވެފައިވާކަމަށް އާއިލާއިން މައުލޫމާތު ދީފައިވާއިރު، ބުރާސްފަތި ދުވަހުން ފެށިގެން ވެންޓިލޭޓަރުގައި ދެމުން އައި ފަރުވާއަށް އެއްވެސް ކުރިއެރުމެއް ނުލިބި އެނާ ނިޔާ ވެފައިވާކަމަށް އާއިލާއިން ބުނެެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހުޅުމާލެގައިވެސް ރޭސްކާރަކާއި ސައިލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ސައިކަލް ދުއްވަން އިން 23 ޒުވާނާ ވަނީ ނިޔާވެފައެވެ.
އަދި އިއްޔެ ހެނދުނުވެސް ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން ޒުވާނާއަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
މި ފަހަކަށާ އައިސް އެކްސިޑެންޓްތައް އިތުރުވެ އާންމުވަމުން އަންނައިރު، މި އަހަރުގެ މިހާތަނަށް 1907 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 431 އެކްސިޑެންޓްގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުތަކުން ދައް
ކައެވެ.