-Advertisement-

-Advertisement-

އަތުހަރުގެ ހަށިގަނޑު މިއަދު މާލެ ގެންނަނީ، ކަށު ނަމާދު މިރޭ!

ފޮޓޯ: ސޯޝަލްމީޑިއާ

މީހަކު ރަހީނުކޮށްގެން ބިރު ދެއްކި މައްސަލައެއްގައި ފުލުހުންގެ ބުލުމުގެ ދަސުގައި ހުއްޓާ ދަންޖެހިގެން ފަރުވާދެނިކޮށް މަރުވި، އަތުހަރުގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށްފަހު މިއަދު މާލެ ގެނައުމަށް ހަމަޖެހިއްޖެއެވެ.

އުމުރުން 32 އަހަރުގެ އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެމުމަށް ގެންގޮއްސައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ.

ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް އަތުހަރު މަރުވީ މި މަހު ދެވަނަ ދުވަހުއެވެ.

އެގޮތުން އަތުހަރުގެ ކަސު ނަމާދު މިރޭ 22:00ގައި ހުޅުމާލޭ ސަހަރާ މިސްކިތުގައި ކުުރުމަށް ވަނީ ހަމަޖެހިފައެވެ.

އަތުހަރުގެ ކަށުނަމާދު ޕޯސްޓް

ބަންދުގައި ހުއްޓައި އަތުހަރު މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓެމް ހަދަން ފުލުހުން ނިންމި ނަމަވެސް އޭނާގެ އާއިލާއިން ވަނީ ޕޯސްޓްމޯޓެމް ހަދަން ބޭނުންނުވާ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވާ އެންމެންގެވެސް ޕޯސްޓް މޯޓަމް ހެދުމަށް ސަރުކާރުން ނިންމައިފައިވަނީ މިދިޔަ ޖޫން މަހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-