-Advertisement-

-Advertisement-

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ޙަބީބު އައްޔަން ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް، ގ.ގާކޮށި ފްލެޓް 111-ބީ، އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމުގެ މަގާމަށް އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލު ކުރައްވާފައެވެ.

ރައީސް ކުރިފުޅުމަތީގައި އަލްއުސްތާޛު ޙަބީބުއަށް އެޗްއާރްސީއެމްގެ މެންބަރުކަމުގެ ހުވާ ލައިދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޙަބީބު ވަނީ 2021 – 2024 އާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުގެ ވައިސް ޗެއާޕާސަންގެ މަޤާމު އަދާކުރައްކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޖެހިޖެހިގެން ދެދައުރު އިލެކްޝަންސް ކޮމިޝަންސްގެ މެންބަރުކަމުގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

އަލްއުސްތާޛު ޙަބީބު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ވެސް ހާސިލުކުރައްވާފައިވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-