މާފަންނު ބަސް ޓާމިނަލް ކައިރީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގައިފައިވަނީ މާފަންނު ބަސް ޓަރމިނަލް ސަރަހައްދުގައޮ އިރުއޮއްސި 18:29 ހާއިރުއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މި ދެ ސައިކަލު ޖެހި ވަރަށް ބޮޑަށް ދޭ ސައިކަލަށްވެސް ވަނީ ގެއްލުން ލިބިފައެވެ.
މި ހާދިސާގައި 1 ދިވެއްސަކާއި 2 ބިދޭސީންނަށް އަނިޔާވެފައިވާ އިރު އެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމުގައި ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.