-Advertisement-

-Advertisement-

މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުންގެ ފިޔަވަޅުތައް ވަރުގަދަކޮށްފި!

ފޮޓޯ: އެޓޯލް ޓައިމްސް

އެކްސިޑެންޓުތައް ގިނަ ވުމުގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުންގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

ފުލުހުން މިރޭ ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޗެކް ޕޮއިންޓްތައް ގާއިމްކޮށް އުޅަނދުފަހަރު ބަލައި ފާސް ކުރުމުން ގެންދާ ކަމަށެވެ.

މީގެއިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދި ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

“އުޅަނދު ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކަން ޔަގީން ކުރައްވާ،” ފުލުހުން

މާލެ ސަރަހައްދުގައި މިފަހަކަށް އައިސް އެކްސިޑެންޓުތައް ގިނަވެފައިވާއިރު، ރައީސް ޑރ. މުޢިއްޒު ވަނީ ޓްރެފިކާ ގުޅޭ އުސޫލުތައް ހަރުކަށިކޮށް ވަރުގަދަކުރަން ގިނަ ފިޔަވަޅުތަކެއް އެޅުމަށް އަންގަވައިފައެވެ.

މިއާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަޅުއްވަން ކަނޑައަޅާފައިވާ ފިޔަވަޅުތައް ދިވެހި ފުލުހުން ފުރިހަމައަށް ތަންފީޒު ކުރައްވާނެކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-