-Advertisement-

-Advertisement-

ޒަޚަމްތަކަކާއެކު ހެންވޭރު ގެސްޓް ހައުސްއަކުން މީހަކު ފެނިއްޖެ، ފަރުވާ ދެނީ އައިސީޔޫގައި!

ފުލުހުންގެ އިދާރާ – ފޮޓޯ: މިހާރު

ހެންވޭރު ގެސްޓް ހައުސެއްގެ ކޮޓަރިއަކުން ޒަޚަމްތަކަކާއެކު އޮތް މީހެއް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހެންވޭރު ގެސްޓް ހައުސެއްގެ ކޮޓަރިއެއްގައި އުޅޭ މީހެއްެ ޚަބަރެއް ނުވެގެން ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ގޮސް ބެލި އިރު އެ ކޮޓަރިން ޒަޚަމްތަކާއެކު އޮތް މީހެއް ފެނިފައިވާކަމަށެވެ.

އެގޮތުން އެއީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއްކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދި އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-