-Advertisement-

-Advertisement-

ހެންވޭރުގައި ހުރި އިމާރާތެއްގައި ރޯވެ އަނދަނީ!

Breaking News 2

ސޯސަންމަގު ނިމޭ ހިސާބު ދޫހިމިރި މަގުގައި ހުރި އިމާރާތެއްގައި ރޯވެ އަނދަމުން އެބަ ދެއެވެ.

އަނދަމުން ދަނީ އެ މަގުގައި ސޯސަންމަގު ނިމޭ ހިސާބުގައި ކެފޭއެއް ހުރި އިމާރާތެއްގެ ފުރަތަމަ ފަންގި ފިލާގައެވެ.

އަނދައިފައިވާ އިމާރާތް

އެ އިމާރާތުގެ ތެރެއިން ގޭސް ފުޅިތަކާއި އެއްޗެހި ގޮވަމުންދާއިރު ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

އަލިފާން ނިއްވާ އުޅަނދުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ

އެމްއެންޑީއެފް ގެ އަލިފާން ނިއްވާ އުޅަނދު ދަނީ އެ ސަރަހައްދުގައި އަލިފާން ނިވުމުގައި ހަރަކާތްތެރިވަމުންނެވެ.

އަލިފާން ހިފާފައިވާ އިމާރާތުން ވަރަށް ބޮޑަށް ދުމުގެ އަސަރު މުޅި ސަރަހައްދަށް ކުރަމުން ދާއިރު އެތެރޭގައި މީހުން ތިބިކަމެއް އަދި ނެތްކަމެއް ވެސް ނޭނގެއެވެ.

މީގެ އިތުރުން އަލިފާންގަނޑު ބޯވެ މިހާރު ވަނީ ޖެހިގެން ހުރި އިމާރާތުގައިވެސް ވަރަށް ގަދައަށް ހިފައިފައެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ކަމަށް ބެލެވޭ ބިދޭސީ އަންހެނަކު އޭޑީއޭއަށް ފަރުވާއަށް ވަނީ ގެނެއްސައެވެ.

އިތުރު ތަފްސީލް އަންނަނީ…

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-