-Advertisement-

-Advertisement-

މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިޔާ މީހާގެ ބަންދަށް އިތުުރު 10 ދުވަސް!

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓް

މަނީ ލޯންޑަރިންގގެ ތުހުމަތުގައި ހައްޔަރުކުރި އާންމުކޮށް ރާއްޖެ ދަތުރުކުރާ އިންޑިޔާ މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

ގިނަ އަދަދެއްގެ ޑޮލަރާއެކު 27 އަހަރުގެ އިންޑިޔާ މި މީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

ދަބަހެެއްގައި ފޮރުވައިފައި ހުރި ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރުކުރި މި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުން އިތުުރު 10 ދުވަސް ވަނީ ޖަހައިފައެވެ.

ކޯޓުގެ ބަންދު އަމުރުގައި ވަނީ،  އޭނާގެ އަތުން ހިފެހެއްޓި ފައިސާ އަކީ ސައްހަ ގޮތުގައި ހިފަހަައްޓާފައިވާ ފައިސާ ކަމަށެވެ.

އެހެން ނަމަވެސް ޝަރީޢަތުގައި އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރާ މަނީ ލޯންޑަރ ކުރުމުގެ ތުހުމަތާއި ގުޅޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށް އޭނާގެ ވަކީލުން ވަނީ ބުނެފައެވެ.

މީގެ އިތުުރުން  އޭނާއަށް މި ފައިސާ ލިބުނު ގޮތް ފޯނުގައި ހުންނާނެ ކަމަށާއި، އެކަމުގެ ތަފްސީލުތައް ބަޔާން ނަގާއިރު ހާމަކޮށްދޭނެކަމަށް ކޯޓުގައި ވަކީލުން ވަނީ ބުނެފައެވެ.

އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށަކަށްވާއިރު، އޭނާއަށް މި ފައިސާ ލިބުނު ގޮތްތައް ފުލުހުންނަށް އަދި ސާފް ނުކުރެވޭތީއާއި ޝައްކު ކުރެވޭ ޓްރެވެލް ހިސްޓްރީއެއް އޮތުމުން އޭނާ ބަންދުގައި ބަހައްޓަން ނިންމާފައިވާ ކަމަށްވެސް ބަންދު އަމުރުގައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-