އެކި ދާއިރާތަކުން ޤައުމަށް ފައިދާ ކުރަނިވި ޚިދުމަތްތައް ކުރާ އަދި ރީތި ނަން ހޯދައިދޭ ޒުވާނުންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުން ދޭ ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް ނަން ހުށަހެޅުމިގެ ފުރުސަތު އަލުން ހުޅުވައިލައިފިއެވެ.
ތަފާތު 17 ދާއިރާއަކުން އެވޯޑް އެރުވުމަށް ހަމަޖެހިފައިވާ މި އެވޯޑް ހަފްލާ ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ނަމަވެސް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ އެ ޖަލްސާ ފަސްކޮށްފައެވެ.
އެގޮތުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ހުޅުވާލި ފުރުސަތުގައި އަލުން މި އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު ވަނީ، މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 14:00އި ހަމައަށް ހުޅުވާލައިފައެވެ.
އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން info@youth.gov.mv މެދުވެރިކޮށް ހުށަހެޅޭނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ އެ ވުޒާރާގެ އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) އިންނެވެ.