މަރުވެފައި އޮއްވާ ނ. ހޮޅުދޫއިން ފެނުން މީހާގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް ހޮޅުދޫއަށް ދިއުމަށް ފުރައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހޮޅުދޫ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު އޮތްކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބުމުން ފުލުހުންނަށް ލިބުމާއިއެކު އެ ގެއަށް ގޮސް އަންހެން މީހާ ރަށުގެ ސިއްހީ މަރުކަޒަށް ވަނީ ގެންދެވިފައެވެ.
އަދި އެ އަންހެން މިހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ހޮޅުދު ސިއްހީ މަރުކަޒާ ފުލުހުންނަށް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ އެވެ
މިހާދިސާ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް މާލެއިން ހޮޅުދޫއަށް ދިއުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.