ރާއްޖެ އައިސް އުޅުނު ފަތުރުވެރިންތަކެއް އއ. ރަސްދޫގެ މަގުތަކާއި ބީޗްގައި ބަރަހަނާ ވީޑިއޯ ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ރާއްޖެއައިސް އުޅޭ ފަތުރުވެރިންތަކެއް ރަސްދޫގެ މަގުތަކުގައި އާއި އާންމު ތަންތަނުގައި ދެ ޖިންސު މަސްހުނި ވެގެންނާއި އެއް ޖިންސުން ގުޅުންހިންގާ ބަރަހަނާ ވީޑިއޯތަކެއް ދައުރުވަމުންދާކަމަށް މީސްމީޑިއާގައި ދަނީ ވާހަކަ ފެތުރެމުންނެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ރަސްދޫ މަގުތަކާއި ބީޗްގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް އަދި އެފަދަ ޝަކުވާއެއް ވެސް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މިސްމީޑިއާގައި އެފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީސްމީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުގައި ދެ އަންހެނުންނާއި ފިރިހެން ފަތުރުވެރިއެއް ފެނިގެންދާއިރު، އެއްފޮޓޯގައި ހުދު ކުލައިގެ މޫނު ބުރުގާ އަޅައިފައިވާ ތަން ވެސް ފެނިގެންދެއެވެ.