-Advertisement-

-Advertisement-

ބުޅާމަސް އަޅައިގެން ކާބޯތަކެތި ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ އަރްފަތު ފުރުވާލަނީ

ފޮޓޯ: ސޯޝަލް މީޑިއާ

ބުޅާ މަސް އަޅައިގެން ކާބޯތަކެތި ތައްޔާރުކޮށް ވިއްކިކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަރްފަތު ހޮސައިން ފުރުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ އަރްފަތު ހޮސައިން ޑިޓެންޝަންގައި ބަހައްޓައިގެން ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށާއި، އޭނާ ފުރުވާލުމަށް ފަހު އިތުރު މައުލޫމާތު ހިއްސާކުރާނެކަމަށެވެ.

އުމުރުން 32 އަހަރުގެ އަރްފަތު ފުރުވާލާނެ ވަކި ތާރީހެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އަރްފަތު ހައްޔަރުކޮށްފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 20 ވަނަ ދުވަހު ބުޅާ މަހުން ކާތަކެތި ތައްޔާރުކުރިކަމުގެ ތުހުމަތުގައެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ސިފަ ބަދަލުކުރުމަށް ސެލޫނަކަށް ގޮސް ހުއްޓައެވެ.

ބުޅާ މަސް ބޭނުންކޮށްގެން އޭނާ ކާބޯތަކެތި ފެންމަތިވެފައި ވަނީ މީސްމީޑިއާގައި ފެލިން ވެލްފެއާ އޯގަނައިޒޭޝަނުން އަރްފަތުގެ ވަނަވަރު އާންމުކޮށް، އަރްފަތަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއް ކަމަށާއި ބުޅާ މަސް އަޅައިގެން ކާބޯތަކެތި އުފައްދާކަން އާންމުކުރުމުންނެވެ.

ގިނަ ބަޔަކު ވަނީ ބުޅާ މަސް ބޭނުންކޮށްގެން އަރްފަތު ކާބޯތަކެތި ތައްޔާރުކޮށް ވިއްކި ފިހާރަތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-