-Advertisement-

-Advertisement-

ކާޝިބޯޓް ސުވެނިޔާގެ ވިޔަފާރައިގެ ހުއްދަ ބާތިލްކޮށްފި

ފޮޓޯ: ޕޮލިސް

ޤަވާއިދާއި ހިލާފަށް ބޭރުފައިސާ ވިއްކާ ކާޝިބޯޓް ސުވެނިޔާގެ ވިޔަފާރައިގެ ހުއްދަ ބާތިލްކޮށްފިއެވެ.

މާލެ ސިޓީ ފުލުހުންގެ އިންޓެލިޖެންސް އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިމަހު މާލޭގައި ހިނގަމުންދާ އޮޕަރޭޝަނެއްގެ ތެރެއިން އެމްއެމްއޭ އިން ހުއްދަ ނުނަގައި ގަވައިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ސޮވެނިޔާ ވިޔަފާރި ކުރާތަން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން މިއަދުގެ އޮޕަރޭޝަންގެ ތެރެއިން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔާ ފިހާރަށްއަށް ގޮސް ފުލުހުން ބެލި ބެލުމުން އެ ތަނަކީ ގަވައިދާ ހިލާފަށް ބޭރުފައިސާ ގަނެ ވިއްކާ ތަނެއްކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންކަމުން އެ ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ބާތިލު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މާލެ ސިޓީ ފުލުހުންގެ އިންޓެލިޖެންސް އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން  ހިނގާ މިއޮޕަރޭޝަންގައި މިހާތަނަށް ގަވައިދާ ހިލާފަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނަކަށް ފިޔަވަޅު އަޅާފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-