-Advertisement-

-Advertisement-

އާއްބާސް އާއި މެދު ޢާންމުންގެ ޝަކުވާއެއް އޮތްތޯ ބަލަނީ!

ފޮޓޯ: ރައީސް އޮފީސް

ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނަރަލްގެ މަޤާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ނަން ފޮނުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްބާސް ޝަރީފާމެދު އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލިހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓްގެ މަޤަމުގައި ހުންނެވި އައްބާސްގެ ނަންފުޅާއެކު އިތުރު ފަސް ބޭފުޅެއްގެ ނަންފުޅު އިއްޔެ ވަނީ ސިޓީފުޅަކުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރުން ރޭ ބޭއްވި ޖަލްސާގައި ޕީޖީކަމަށް އައްބާސް އައްޔަންކުރުމަށް ރައީސް ފޮނުއްވި ސިޓީފުޅު ވަނީ މަޖިލުގެ ތަޅުމަށް އިއްވައިފައެވެ.

އެއަށްފަހު އައްބާސްގެ ނަންފުޅާއި އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިއެވެ.

އެގޮތުން 21:30 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމައިފައިވަނީ، އައްބާސްއާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ހުށަހެޅުމަށް ފުރުސަތު ހުޅުވައިލާށެވެ.

ކޮމިޓީން ނިންމި ގޮތަށް މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން އައްބާސްއާ ގުޅޭ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލިކަން މަޖިލީހުންވަނީ އިއުލާނުކޮށްފައެވެ.

ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސްވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-